logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ޖަޕާނުގެ މަސްމާރުކޭޓެއްގައި 1.3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ވިކިއްޖެ

ޓޯކިޔޯގެ މަސް މާރުކޭޓެއްގައި މިއަދު ބޭއްވި ފުރަތަމަ ބީލަމުގައި ނޫ އުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.

ޖަޕާނުގެ އޮމޯރީގެ އިރުއުތުރު ޕްރިފެކްޗާގައި އޮންނަ އޮމާގެ އައްސޭރިފަށުން ބާނާފައިވާ 276 ކިލޯގެ ނޫ އުރަހަ ކަންނެއްޔަަކީ ޖަޕާނުގެ މާރުކޭޓެއްގައި ދެވަނައަށް އެއްމެ ބޮޑުއަގުގައި ވިކިފައިވާ ކަންނެއްޔެވެ. މި ކަންނެލި 1.3 މިލިއަން ޑޮލަރަށް ގަނެފައިވަނީ އިންޓަމީޑިއޭޓް ހޯލްސޭލަރަކާއި ސުޝީ ގިންޒާ އޮނޮޑޭރާ ޗެއިން އޮފް ރެސްޓޯރެންޓް ހިންގާ ކުންފުންޏެއް ގުޅިގެން ނެވެ.

1999 ވަނަ އަހަރުންފެށިގެން ކަންނެލި ނީލަންކިޔާ އަގުތައް ޖަޕާނުން ބަލަހައްޓަމުން އަންނައިރު ނޫއުރަހަ ކަންނެއްޔެއް އެންމެ ބޮޑު އަގެއްގައި ވިކިފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ނޫއުރަހަ ކަންނެއްޔެއް 2.12 މިލިއަން ޑޮލަރަށް ވިކިފައެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 2.28 ލައްކަ ޑޮލަރަށް ނޫއުރަހަ ކަންނެއްޔެއް ވިކިފައިވާއިރު 2024 ވަނަ އަހަރު 7.25 ލައްކަ ޑޮލަރަށް ނޫއުރަހަ ކަންނެއްޔެއް ވިކިފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *