logo minivan

English

ހުކުރު, 10 ޖެނުއަރީ 2025

މާލެއާއި ހުޅުމާލޭގެ ބައެއްސަރަހައްދުތަކުން ހުކުރުދުވަހު ހެނދުނު ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކްކަތްތަކެއް ކުރަމުންދާތީ މާދަމާގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. އަދި އެވަގުތުގައި ހުޅުމާލޭގެ ފޭސް 2 ގައި ބަހައްޓާފައިހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒްކުރުމަށްޓަކައި މާދަމާ ހެނދުނު 6 އާއި 8 އާއި ދެމެދު 1 ގަޑިއިރަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް މި ދެންނެވި ވަގުތުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *