ލޯންޗަކުން ޖެހި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މިއަދު ހެނދުނު 10:00 އެހާކަންހާ އިރު އދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރު މޫދުގައި އުޅެނިކޮށް، އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މީހަކު މަރުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އާޖެންޓީނާ އަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.