logo minivan

English

ހޯމަ, 13 ޖެނުއަރީ 2025

19 ރަށަކަށް 20 ޖަނަރޭޓަރ ސެޓް ފޯރުކޮށްދީ މިދިޔަ އަހަރު ސްޓެލްކޯއިން ކާމިޔާބު ހާސިލްކުރި

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ 19 ރަށަކަށް 20 ޖަނެރޭޓަރުސެޓު މިދިޔަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން އަންނަނީ މާލޭގެ އިތުރުން، މާލެ އަތޮޅާއި، އއ، އދ އަދި ވ އަތޮޅުގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންނެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން ޚިދުމަތް ދެމުންގެންދާ 19 ރަށަށް ފޯރުކޮށްދިން 20 ޖަނެރޭޓަރުސެޓަކީ ޖުމްލަ ކެޕޭސިޓީ 9198 ކިލޯވޮޓަށް އަރާކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް މާލޭގެ އިތުރުން ކ އަތޮޅުގެ 5 ރަށަކާއި އއ އަތޮޅުގެ 6 ރަށަކާއި އދ އަތޮޅުގެ 6 ރަށަކާއި ވ އަތޮޅުގެ 3 ރަށަކަށް ދަނީ ދެމުންނެވެ. މި ރަށްރަށުގައި ސްޓެލްކޯގެ 36 އިންޖީނުގެއެއް ޤާއިމްކޮށް ޚިދުމަތް ދެމުންގެންދެއެވެ.

ސްޓެލްކޯއިން ބުނީ ޖަނެރޭޓަރު ސެޓުތައް ފޯރުކޮށްދީފައިވަނީ އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ. ރަށްރަށަށް އަލަށް ފޯރުކޮށްދިން ޖަނެރޭޓަރުސެޓުތަކާއެކު ދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

ސްޓެލްކޯއިން އަންނަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެޔޮ އަންދައިގެން ކަރަންޓު ދިނުމުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ވަނީ މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މާލޭގައިހުރި ޕަވަރ ސްޓޭޝަނުން 47.7 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދެމުންދާއިރު، 11،000 ކިލޯވޮޓުގެ ހަކަތަ ފޯރުކޮށްދެވޭ މިންވަރަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު އެކުންފުނިން ވަނީ ޤާއިމްކޮށްފައެވެ.

ސްޓެލްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖެއިން ބޭރުން ޖަނެރޭޓަރު ގެނައުމުގެ ބަދަލުގައި އެތަކެތި ރާއްޖެއިން ވިއްކުމަށް ޚާއްޞަ ބިޒްނަސް ސެންޓަރެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. މި ސެންޓަރުގެ ސަބަބުން ޖަނެރޭޓަރެއްގެ މައްސަލަ ޖެހިއްޖެނަމަ، ރަށްރަށަށް އެ ތަކެތި އަވަހަށް ފޯރުކޮށްދިނުމުގެ މަގު ފަހިވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *