logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އައްޑޫސިޓީ ތަމްސީލުކުރާ މެމްބަރުން ފެނަކައަށް، އައްޑޫގެ ސިޓީގެ ކަރަންޓުގެ މައްސަލަ ގޯހުންގޯހަށް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށް ތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލާގައި އެކަށީގެންވާ ހައްލެއް ހޯދައި ނުދެވޭ މައްސަލާގައި އައްޑޫ ތަމްސީލުކުރާ މެމްބަރުން ފެނަކަ އިގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލާގައި ފެނައަށް ގޮސްފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގާއި، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި، ފޭދޫ އުތުުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނު، އެވެ. އެ މެމްބަރުންނާ ފެނައިން ބައްދަލުކޮސްފައިވަނީ ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި  ކުންފުނީގެ އިސްވެރިންނެވެ.

އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލާގައި ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށެވެ. ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް، ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *