logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ކަނޑައެޅުމަށް ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ޚާރިޖީ ވަޒީރު މޭރީ އެލިޒަބަތް ޓްރަސް ކާމިޔާބު ކުރައްވައިފިއެވެ. އިންތިޚާބުގައި ޓްރަސް ވާދަ ކުރައްވާފައި ވަނީ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކްއާއެވެ. ޓްރަސް އިންތިޚާބު ކާމިޔާބު ކުރެއްވީ 57 އިންސައްތަ ތާޢީދާއެކުއެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 172،437 މީހުންގެ ތެރެއިން ވޯޓުލީ މީހުންގެ ނިސްބަތަކީ 82.6 ޕަސެންޓެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވީ، ޖުލައި ހަތް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ގައުމަށް އާ ބޮޑުވަޒީރަކު އައްޔަން ކުރެވެންވެން އޭނާ ހުންނެވީ އެ މަގާމުގައެވެ.

އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމާ އެކު ޓްރަސް ވިދާޅުވީ، އިނގިރޭސިވިލާތަށް މި ވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ރޭވުންތެރިކަމާ އެކު ހަރުދަނާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި، ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ޓެކްސް ނަގާ މިންވަރު ދަށް ކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

މިހާރު އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ 1975 ވަނަ އަހަރުއެވެ. އޭނާގެ ބައްޕާފުޅަކީ ހިސާބު ޢިލްމުވެރިއެކެވެ. އަދި، މަންމާފުޅަކީ ނަރުހެކެވެ. އޭނާ ވަނީ އޮކްސްފަޑް ޔުނިވަރސިޓީއިން ފަލްސަފާއާއި ސިޔާސަތާއި އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ