logo minivan

English

ބުދަ, 24 އޭޕްރިލް 2024

ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފި

ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

ރާއްޖެއިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އދގެ މިރޭ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓުގައެވެ.

189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. ރާއްޖޭގެ އިތުރުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ގައުމެއް އިންތިހާބުވިއެވެ. ދިވެހިރާއްޖޭގެ އިތުރުން ރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތަކަކީ ޤައުމުތައް ހިމެނޭ ސަރަހައްދަށް ބަހާލާފައިވާ ގޮނޑިތަކެކެވެ. ރާއްޖެއިން ވާދަކުރީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ. މި ހަތަރު ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ އިން ވާދަކުރިއެވެ. މީގެތެރެއިން ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ގައުމެކެވެ. އަދި ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުސަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.

މިއީ ރާއްޖެ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރެވެ. މީގެކުރި 2011 އިން 2016ގެ ނިޔަލަށް ދެ އިންތިޚާބެއް ކާމިޔާބުކޮށް ރާއްޖެ އެ ކައުންސިލުގައި ވަނީ ހިމެނިފައެވެ. އަންހަ އަހަރު ފަށާ ދައުރު ދެމިއޮންނާނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *