logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް

މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަޙައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ، އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. ރެއާއި މިއަދު ހެނދުނު މާލޭ އަލިމަސް ކާނިވާ ސަރަޙައްދަށް އުދައިގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެ ސަރަޙައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށްވެސް ފެނުގެ އަސަރުކޮށްފައިވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެއަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި، ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަފި އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް އެއިދާއާއިން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ