logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރޭ ރާއްޖެއަށް އަސަރުކުރި ބިންހެލުން އައި ސަރަހައްދު ދައްކައިދޭ ޗާޓެއް.

ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކޮށްފި، ނުރައްކަލެއް ނެތް

ބިންހެލުމެއްގެ ސަބަބުން އައި ލޮޅުމެއްގެ އަސަރު ރާއްޖެއަށް ރޭ ކޮށްފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (ޓް އޮފީހުން) ރޭ ބުނީ ގއ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އެރިކަމުގެ ރިޕޯޓްތައް އެ އިދާރާއަށް ރޭ ލިބުނު ކަމަށާއި ކާޑެއްދޫގައި ގާއިމްކޮށްފައިވާ، ބިންހެލުންތައް ރެކޯޑްކުރާ މީޓަރަށް ވެސް އެކަން ރެކޯޑްކުރެވިފައިވާ ކަަމަށެވެ. ރޭ މެންދަމުން އަލިވެ 12:11 އެހާކަށް ހާއިރު އައި އެ ލޮޅުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ގެ ރެކޯޑްތައް ދައްކާ ގޮތުން އިންޑޮނޭޝިއާގެ ކައިރިން ކަނޑުގެ 27.3 ކިލޯމީޓަރު އަޑިއަށް ރޭ ބިންހެލުމެއް އަ އެވެ. އެއީ ރިކްޓަ މިންގަނޑުން 4.7 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ. ބެެލެވޭ ގޮތުގައި ރާއްޖެއަށް ރޭ ކުރީ އެ ބިންހެލުމުގެ އަސަރެވެ. ރާއްޖެއާ ކައިރި ސަރަަހައްދަކަށް ރޭ އެ ނޫން ބިންހެލުމެއް އައި ކަމަކަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ރެކޯޑްތަކަކުން ނުދައްކަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ