logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަތުލައިގަތް ތިން ބޯޓުގައި ގިނަ އަދަދެއްގެ މިޔަރު!

ރާއްޖޭގެ ސަރަހައްދަށް ވަގަން ވަދެ އުޅެނިކޮށް ކޯސްޓްގާޑުން އަތުލައިގަތް ތިން މަސް ބޯޓުގައި ގިނަ އަދަދެއްގެ މިޔަރު ހުރި ކަމަށް ސިފައިން ބުނެފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އަތުލައިގަތް ތިން ބޯޓަކީ ވެސް އެމްއެންޑީއެފުން ބުނި ގޮތުގައި އަވަށްޓެރި ސްރީލަންކާގެ ބޯޓުފަހަރެވެ. ކޯސްޓްގާޑް ޝިޕް ގާޒީގެ ސިފައިން އަތުލައިގަތް އެ ތިން ބޯޓުން ގިނަ އަދަދެއްގެ މިޔަރު ބާނާފައި ހުރިކަން އެމްއެންޑީއެފުން ހާމަކުރީ އެބޯޓްތައް މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރަން އެމްއެންޑީއެފުން އިއްޔެ އާއްމުކުރި ބަޔާނެއްގަ އެވެ.

"މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުއްޓެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް އެއީ ކޮން ބާވަތްތަކެއްގެ މިޔަރުތަކެއް ކަމެއް އަދި މިޔަރުގެ އަދަދެއް ވެސް އެމްއެންޑީްއެފުން ހާމައެއް ނުކުރެ އެވެ.

އެއްވެސް ބާވަތެއްގެ މިޔަރެއް ބޭނުމަކީ ރާއްޖޭގައި، ރާއްޖޭގެ މަސްވެރިންނަށް ވެސް މަނާކަމެކެވެ.

ކޮންމެ އަހަރެއްގެ ވެސް އިރުވައިމޫސުމުގައި އަވަށްޓެރި ގައުމުތަކުގެ މަސްބޯޓްފަހަރު ރާއްޖޭގެ ސަރަހައްދަށް ވަނުން އިތުރުވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ