logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގަތަރު އަމީރުގެ ދައުވަތަކަށް ރައީސް އެގައުމަށް ވަޑައިގެންފި

ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އައް ސާނީގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެގައުމަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށާއި އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންވަނީ، މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗުތައް ބައްލަވައިލައްވާނެ ކަމަށެވެ. ރައީސްގެ ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ދަތުރުުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ.

މެދުއިރުމަތީގައި އެންމެ ނުފޫޒު ގަދަ އެއް ގައުުމުކަމަށްވާ ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރު ގަތަރާ ޑިޕްލޮމެޓިން ގުޅުން ކަނޑައިލި އިރު ރާއްޖޭން ވެސް ގަތަރާ ގުޅުން ކަނޑައިލި އެވެ. ރައީސް ސޯލިހު 2018 ވަަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ ގަތަރާ އެކު އަލުން ގުޅުން ގާއިމްކުރައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. އެހެން ނަމަވެސް ރާއްޖޭން ގަތަރާ އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ 2021 ވަނަ އަހަރު ސައުދީން ގަަތަރާ އެކު އަލުން ގުޅުން ގާއިމްކުރި ފަހުންނެވެ.

ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމާ ހަމައަށް ގަތަރަކީ ރާއްޖެއަށް އެކި ގޮތް ގޮތުން އެހީތެރިވަމުން އައި ގައުމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ