logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ!

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާން ކޮއްފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. ހުޅުދޫ / ސީނިއަޞްރުމާގެ، މުޙައްމަދު ޖައިލަމް (34އ) އެވެ. ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 10:54 އެހައިކަންހާއިރުއެވެ.

މުޙައްމަދު ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް 2 ގައި ކަމާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މުޙައްމަދު ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ވަނީ އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *