logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ހިމެނޭ ކޯހަކަށް ފަސް ފުލުހަކު އިންޑިއާއަށް ފުރައިފި

ފިޒިކަލް އަދި ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނުތައް ހިމެނޭ ގޮތުން ފުލުުހުންގެ މަސައްކަތަށް ބޭނުންތެރި ކޯހެއް ގައި ބައިވެރިވާން ފަސް ފުލުހަކު، އަވަށްޓެރި އިންޑިއާއަށް ފުރައިފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ޖެހި ހަބަރުއްގައިވާ ގޮތުން "އައިޕީއެސް ޕްރޮބޭޝަނާސް ކޯސް" ގެ ނަމުގައި އިންޑިއާގެ ހައިދަރު އާބާދުގައި ކުރިއަށް ގެންދާ އެ ކޯސް ކުރިއަށް ދާނީ 10 މަސް ދުވަހުގެ މުއްދަތަކަށެވެ. އެ ކޯހުގައި ބައިވެރިވާން ހައިދަރު އާބާދަށް އިއްޔެ ފުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލްއެވެ.

އެ ކޯސް މައިގަނޑު ގޮތެއްގައި އޮންނާނީ ފުލުހުންގެ ފީލްޑް ޓްރޭއިނިންގެ އެކި ބައިތަކެވެ. އެގޮތުން ފިޒިކަލް ޓްރޭއިނިން އާއި ވެޕަން ޓްރޭއިނިން އިތުރުން މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތްކުގެ އަމަލީ ތަޖުރިބާ ހޯދައި ދިނުމާއި މޮޑެލް  ޕޮލިސް ސޮޓޭޝަންްގައި މަސައްކަތްކުރުން ވެސް އެ ކޯހުގައި އޮންނާނެ އެވެ. އަދި މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް އެކޯހުގެ ބައިވެރިންނަށް ލިބޭނެ އެވެ. ފޮރެންސިކް މެޑިސިން، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި ދާއިރާތަކުން ވެސް އެ ކޯހުގައި ކިޔަވައިދޭނެ އެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯހަކީ އިންޑިއާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ކޯހެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *