logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

"ތިންބާރު ވަކިކުރާ ގާ" އަލުން ބަހައްޓައިފި

ރާއްޖެއާއި ޖަޕާނުގެ ގުޅުމާއި މާލެ ވަށައިގެން ގޮނޑުދޮށް ހިމާޔަތް ކުރަން ޖަޕާނު ސަރުކާރުން ހިންގައިދިން ބިޔަ މަޝްރޫއު ރަމްޒުކޮށްދޭން މޮނިއުމެންޓެއްގެ ގޮތުގައި ލޮނު ޒިޔާރަތްކޮޅުގައި ބެހެއްޓިގާ، އެތަނުން ނެގިތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ބަހައްޓައި މިއަދު އިފްތިތާހުކޮށްފި އެވެ. އެ ގާ ކުރިން ހުރި ތަނުން ނެގީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް ޓަކައި އެ ސަރަހައްދު ބޭނުންކުރަން ޖެހުމުންނެވެ.

އެ ގަލަށް "ތިންބާރު ވަކިކުރާ ގާ" ކިޔުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން އެމްޑީޕީން އޭރު ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.

މިއަދު އުސްފަސްގަޑުގައި ބޭއްވި ރަސްމިއާތުގައި މޮނިއުމަންޓް އިފްތިތާހުކޮށްދެއްވީ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އޮފް ޖަޕާން، ތަކެއި ޝުންސުކެއި އާއި ރާއްޖޭގެ ފަރާތުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް އާއި ފޮރިން މިނިސްޓަރ އަބްﷲ ޝާހިދު އެވެ.

މިރަސްމިޔާތުގައި ހައުސިން މިނިސްޓްރ މުހައްމަދު އަސްލަމް ވިދާޅުވީ 1987 ވަނަ އަހަރު މާލެއަށް ބޮޑުރާޅު އަރައި ލިބުނު ގެއްލުމަކީ، މާލެއަށް ކުރިމަތިވި މޫސުމީ އެންމެ ބޮޑު ކާރިސާ ކަމަށެވެ. އަދި އެކާރިސާގައި އެތައްބައެއްގެ މުދަލަށް ގެއްލުން ވިކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން ޖަޕާނު ސަރުކާރުން މުހިންމު ރޯލެއް އަދާކޮށް އެހީވެދީފައިވާ ކަން ފާހަގަކުރައްވައި ޖަޕާނު ސަރުކާރަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ