logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
އޭޑީކޭ ހޮސްޕިޓަލް. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

އޭޑީކޭ އިން އަންހެނުންނަށް ހާއްސަ ޗެކަޕް ޕެކޭޖެއް

އަންހެނުންގެ ބަލިތަކަށް ސްކްރީން ކުރުމުގެ ހާއްސަ ޕެކޭޖެއް އޭޑީކޭއިން ތައާރަފްކޮށްފި އެވެ.

އޭޑީކޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ 30 އަހަރުން މަތީގެ ހުރިހާ އަންހެނުންގެ އަސާސީ ސްކްރީނިން ޕެކޭޖެއް ކަމަށާއި ޓެސްޓްތަކާއި ސްކޭންތަކުގެ އިތުރުން ސްޕެޝަލިސްޓް ގައިނެކޮލޮޖީ ކޮންސަލްޓޭޝަން ވެސް އެ ޕެކޭޖްގައި ހިމެނޭކަމަށެވެ.

 

އޭޑީކޭއިން އަލަށް ތައާރަފްކުރި އަންހެނުންގެ ބަލިތަކުގެ ޗެކަޕް ހަދައިދެނީ 4،500.ރ އަށެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ވަކިން ދައްކައި އެއަށް ފަހު ހުރިހާ ޓެސްޓްތަކެއް ހަދަން ދައްކަން ޖެހޭ އަގުތަކާ އަޅައި ބަލާއިރު މިއީ ހެޔޮ އަގެކެވެ.

އެ ޕެކޭޖުން ލިބޭނެ ހިދުމަތްތަކަކީ ފުރަތަމަ ޑޮކްޓަރަށް ދެއްކުމަށް ފަހު، ހުރިހާ ޓެސްޓްތަކެއް ހަދައި، ގިނަ ސްޕެޝަލިޓީތަކެއްގެ ޑޮކްޓަރުންނަށް އެ ނަތީޖާތައް ދެއްކުމެވެ. އެގޮތުން ދެއްކޭނެ ޑޮކްޓަރުންނަކީ ފިޒީޝަން، ޖެނެރަލް ސާޖަން އަދި ގައިނޮކޮލޮޖިސްޓުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ