logo minivan

English

ހޯމަ, 30 ޑިސެމްބަރ 2024

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުަގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން އެޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނާ އެކު ޝަކުވާ ހުށަހަޅާ ފޯމާއި ޝަކުވާ ބަލާ ކޮމިޓީގެ މެމްބަރުންގެ ނަންތައް ވެސް އާއްމުކުރި އެވެ. އެ އިލާނުގައިވާ ގޮތުން ޕްރައިމަރީއާ ފުޅޭ ޝަކުވާ ބަލާ ކޮމިޓީގައި ތިއްބަވާނީ އަހުމަދު އަބްދުﷲ އަފީފާއި އަފްޝަން ލަތީފު އަދި މުހައްމަދު ހާޝިމެވެ. އެމްޑީޕީން ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލަން ކުރިން ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާތައް ހުށަހަޅަން މިއަދު ހުޅުވައިލި އިރު އެ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވޯޓުލެވޭ މީހުންގެ ލިސްޓާ މެދު ޝަކުވާ ކުރައްވަމުންނެވެ. އެމަނިކުފާނާއި އަރިސް ބޭފުޅުން ވެސް ތުހުމަތުކުރައްވާ ގޮތުގައި ކުރިއްސުރެ އެޕާޓީގައި ތިބި 39،000 މީހަކު އެޕާޓީން ވަނީ ވަކޮށްފަ އެވެ.

އެކަމަކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހޯމަ ދުވަހުގެރޭ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެޕާޓީގެ ދަފުތަރާއި ޕާޓީގެ ދަފުތަރު އެއްގޮތް ކުރި އިރު ވަކިވި ގިނަ މީހުންނަކީ އެހެން ޕާޓީތަކުގެ މީހުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *