logo minivan

English

ހޯމަ, 30 ޑިސެމްބަރ 2024

ޕްރައިމަރީ ކާމިޔާބުކުރުމަށް ފަހު ކޯލިޝަން ހެދުމުގެ މަސައްކަތް ފަށާނަން: ރައީސް

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްްވާނެ ބޭފުޅަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށާއި އެއަށް ފަހު ކޯލިޝަނެއްގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސިޔާސަތުތައް ތަންފީޒުކުރަމުން ދާ ގޮތަށް ބަލައި މިހާރު އޮތް ކޯލިޝަނުގެ ތާއީދު ލިބޭނެ ކަމަށް ގަބޫލުކުަރައްވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަނުގެ ތާއީދު ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވަންތޯ" ނޫސްވެރިއަކު ސުވާލު ކުރުމުންނެނެވެ.

"އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން އަަޅުގަނޑު ކާމިޔާބުކުރާނަން. އެއަށް ފަހުގައި އަޅުގަނޑު ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ކޯލިޝަނުގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އަދި އެ މަޝްވަރާ ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ނުރަސްމީކޮށް ބައެއް ވާހަކަ ދެކެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ވާހަކައިގެ ތެރޭގައި އަޅުގަނޑުމެންނަށް ހިޔާލު އެއްގޮތްވޭ ގިނަ ކަންކަމުގައި. އެހެންވީމާ އެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުގެ ކޯލިޝަނުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ވަކިވަކި ސިޔާސީ ބޭފުޅުންގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި މިހާރު ހިމެނެނީ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތުޕާޓީއާއި އެމްއާރްއެމް އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *