logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ކަސްޓަމްސް އިން ކުރި އަތުލައިގަތް ކޮކެއިންތަކެއް، ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 2 ކިލޯއަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފި، އަގު 7.7 މިލިޔަނަށް އަރާ

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އާއި މީހެއްގެ އަތުން ދެކިލޯއަށް ވުރެ ގިނަ ކޮކެއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، ދެކިލޯއަށް ވުރެ ގިނަ ކޮކެއިން އަތުލައިގަތީ ބްރެޒިލް އިން ވައިގެ މަގުން ރާއްޖެއަށް އައި ސުވިޒަލެންޑް މީހެއްގެ އަތުންނެވެ. އެއީ އުމުރުން 59 އަހަރުގެ ފިރިހެނެެއް ކަަމަށާއި އޭނާގެ ލަގެޖް ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ އާއި މެދު ޝައްކުކުރެވިގެން ކަމަޢް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ،" ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ، އެތަކެތި ގެނައި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އަގު 7،700،000.00 ( 7 މިލިއަން 7 ލައްކަ) ރުފިޔާ އަށް އަރާ ކަމަށެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ ތިން އަހަރުގެ ތެރޭގައި އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނަ ބާވަަތަކީ ކޮކެއިން އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި 80 ކިލޯއަށް ވުރެ ގިނަ ކޮކެއިން ރާއްޖޭން އަތުލައިގެންފައި ވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ