logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ލ. ގަމު މަގުތައް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ހައުސިން މިނިސްޓްރީ

ލ. ގަމުގެ މަގުތައް ހަދަން އާރުޑީސީ އާއި ހަވާލުކޮށްފި

ލ.ގަން މަގުތަކުގައި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ހައުސިްނ މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

އެ މަސަައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ރުޑީސީގެ ފަރާތޖުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

ގަމުގެ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 104 މިލިޔަން ރުފިޔާގެ އަގަކަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އާރްޑީސީން ގަމުގެ މަގުތަކުގެ ޖުމްލަ 4.5 ކިލޯމީޓަރު ދިގުމިނުގައި ތާރު އަޅާނެ އެވެ. ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގު ބަންތި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑުރަށް ކަމަށްވާ ލ. ގަމުގެ ގިނަ މަގުތައް މިހާރު ހުރީ ވަރަށް އަޑިގުޑަކޮށް ކަމަށް ވާތީ މި މަޝްރޫއަކީ އެރަށު ކައުންސިލުން ވަރަށް ބޮޑަށް އެދެމުން އައި މަޝްރޫއެކެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ