logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކޭޝްކާޑުން ބަސް ދަތުރަށް ފައިސާ ދެއްކުމުގެ ނިޒާމު ޓެސްޓު ކުރަނީ

ކޭޝް ކާޑު ބޭނުން ކޮށްގެން މާލެ ތެރޭގައި ބަސްދަތުރު ކުރުމުގެ ޓެސްޓު ދަތުރުތަކެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް އެމްޓީސީސީ އިން ނިންމައިފި އެވެ.

އާ އަހަރުގެ ފުރަތަމަ ދެދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޓެސްޓް ދަތުރުތަކާއި ގުޅިގެން އެ ކުންފުނިން ބުނީ، އެ ހިދުމަތް ޓެސްޓް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދަތުރުގެ ޓިކެޓް ގަތުމަށް ބޭނުން ކުރެވޭނީ މާސްޓާ ކާޑާއި ވިސާ ކާޑު ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޭޝްކާޑު ބޭނުންކޮށްގެން ބަސްދަތުރުކުރުމަށް ތައްޔާރުވާއިރު، މިހާރު ބަސްތަކަށް ފައިސާ ދައްކަން ޖެހެނީ އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށެވެ. ދަތުރު ކާޑު ގެންގުޅޭ ފަރާތެއް ނަމަ، އެ ކާޑު ރީލޯޑު ކޮށްގެންނެވެ. އެ ކާޑު ނެތް ފަރާތްތަކުން ބަސް ޓާމިނަލްތަކަށް ގޮސް ޓިކެޓް ގަނެގެންނެވެ.

ހުޅުމާލެއާއި މާލެގައި ދެމުންދާ ބަހުގެ ހިދުމަތް އެމްޓީސީއިން ދެމުން ދާއިރު ދާދި ފަހުން އެކުންފުނިން ވަނީ މާލެ ތެރޭގެ ދަތުރުތައް ފަށާފައެވެ. އަދި މީގެ އިތުރުން މާލެއަށް ހާއްސަކޮށްގެން 6 އިލެކްޓްރިކް ބަސް ވަނީ ގެނެސްފައެެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ