logo minivan

English

އާދިއްތަ, 23 ޖޫން 2024
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހީމް ނާފިޒު (ޗިކާ) ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި. ފޮޓޯ: ސޯޝަލް މީޑިއާ

ގައުމީ މަޖިލީހުގެ މެންބަރު ނާފިޒް (ޗިކާ) ނަޝީދު ދޫކޮށް ރައީސް ސޯލިހު ފަޅިއަށް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު، އަދި އެޕާޓީގެ މަޑަވެލި ދާއިރާގެ ރައީސް އިބްރާހީމް ނާފިޒް (ޗިކާ) އަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު އޭނާ ބުރަކޮށް އުޅުއްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭންކުރެއްވުމުގަ އެވެ.

އެއީ ކީއްވެ އައި ބަދަލެއްތޯ "މިނިވަން" އިން ސުވާލުކުރުމުން ނާފިޒު ވިދާޅުވީ " މަޑަވެލި ދާއިރާއަށް ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކޮށްދެމުން އެބަ އަންނަ ކަަމަށާއި އެކަންތައް ނިންމައިލަން ޖެހޭ" ކަމަށެވެ. އެހެންވީމާ މަޑަވެލި ދާއިރާގައި ސިޔާސީ ގޮތުން ހުންނަ އެމްޑީޕީގެ އެންމެ އިސް މީހަކީ އޭނާ ކަމަށް ވާތީ ރައީސަށް ތާއީދުކުރައްވަން ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޑަވެލި ދާއިރާގައި މިހާރު ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ގިނަގުނަ ކަންތައްތަކަކީ އެކަންކަން މަޑުޖައްސައިލެވޭނެ ކަންކަމެއް ނޫން. އަޅުގަނޑުމެން ކޮންމެހެން ވެސް އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމައިލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަށް އޭނާ ތާއީދުކުރައްވާ އަނެއް ސަބަބަކީ ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވައި، ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް ބޭނުންވާ ކަންތައްތައް އެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަ އައުމެވެ. އޭގޭ މިސާލަކަށް  އޭނާ ދެއްކެވީ އުފަންރަށް ގދ. ނަޑައްލާ އެވެ. ނާފިޒު ވިދާޅުވި ގޮތުގައި އޭނާގެ އުމުރުން 40 އަށް ވުރެ މަތިވި އިރު މީގެ ކުރިން އެއްވެސް ސަރުކާރަކުން އޮތީ އެރަށަށް އަަޅައިނުލަ އެވެ. އެކަން ނިމުމަކަށް ގެންނެވީ އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުންނެވެ،

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދައްތަގެ ލޯބިގަނޑާ ޖަލުގަ އޮއްވާ ނަގާ ކޮއްކޮކޮޅަށް ޖެހީވެސް ރ ނަޝީދު ދެން މިހާރު ތިކިޔާ ލަވަ ކަމަކު ނުދޭ ކޮބާ ހުތިކޮޑު އަޅަން އުޅުނު ޖެޓީ ތިޔަ އިބޫ އަޅައިދޭނެ ކަމައްތަ ނަޝީދު ނޫން މީހަކު ތިކަންވެސް ނުކޮއްދޭނެ ތީހަމަ ލާރި ގަނޑަކަށް ހެން ހީވަނީ ހިތެއް ބަދަލެއްނުވާނެ ކޮއކޮގެ ބަދަލުވާނީ ބޭރު ފުށް ތިކަން ހުއްޓާލާފަ ނަޝީދަށް ކެމްޕެއިން ކޮއްދީ ހެޔޮނުވާނެ ޕައިސާ ފަހަތުން ނުދުވެ ބަލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *