logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މުޒާހަރާގެ ތެރެއިން ދުވަސްވީ އަންހެނަކު ހައްޔަރުކުރިގޮތާ މެދު ކަންބޮޑުވުން އެބަ އޮތް: ސީޕީ

ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އުމުރުން ދުވަސްވީ އަންހެނަކާ މެދު ކަންކުރިގޮތާމެދު ސޯޝަލް މީޑިއާގައި މީހުން ނުރުން ފާޅުކުރަން ފެށުމާއި އެކު އެމައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.

ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ރޭކުރި މުޒާހަރާގެ ތެރޭގައި، އާއްމު މަސްލަަހަތު ބަލަހައްޓާ އޮފިސަރުން އުމުރުން ދުވަސްވީ އަންހެނަކު ހިފެހެއްޓި ގޮތާއި މެދު ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އެ މައްސަލަ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ އަންހެން މީހާ ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އަދި އެވީޑިއޯ ފެނި އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ވެސް އަންނަނީ އެ އަންހެން މީހާ ހައްޔަރު ކުރި ގޮތާމެދު ހިންހަމަ މުޖެހުން ފާޅުކުރަމުންނެވެ.

މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރަން ޖެހޭ ތޯ ވެސް ބައެެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒަ ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި އޭނާ ވެސް އެ ސުވާލު އުފެއްދެވި އެވެ.

."ފަހަތުން ދުވެގޮސް، ޝުޢޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބާ؟" އަންހެން މީހާ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ ހިމެނޭ ޓްވީޓެއް ރިޓްވީޓްކުރައްވަމުން އިންތި ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ މިހާރުގެ ސަރުކާރުގެ އިސް ފަރާތްތައް އިދިކޮޅުގައި ތިބި އިރު ވަރަށް ބޮޑަށް ޕްރޮމޯޓްކުރި ހައްގެކެވެ. އެ ހައްގު މިހާރު ވެސް ފުރިހަމައަށް ލިބޭ ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން އަންނީ ބުނަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ