logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ހުޅުމާލޭގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

ހުޅުމާލެ2 ގައި ރޭ ހިންގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް ދޭއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓެއް ލިބުނީ ރޭ މެންދަމުން އަލިވެ، 1:15 އެހާކަށް ހާއިރު ކަމަށާއި އެ ރިޕޯޓް ލިބުމާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، ޒަހަމްވީ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ޒަހަމްވީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މާލެ ސަރަހައްދުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި މިވަނީ އެކަހަލަ ޖަރީމާއެއް ނުހިންގާތާ ދުވަސްކޮޅެއް ވުމަށް ފަހުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *