logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ވަކި ބޭފުޅަކު ވަޑައިގަންނަވާ ވަގުތު ބައްދަލުވުންތަައް ބާއްވަން ސަރުކާރުން ސްކޫލްތަކަށް ނާންގާކަމަށް

ސްކޫލްތަކާ ގުޅުވައި ނަޝީދު ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނު ހަރަކާތްތަކަށް ހުރަސް އަޅަން ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން "ހީލަތްތެރި ކަމާ އެކު މަސައްކަތްކަތް ކުރާ" ކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ތުުހުމަތު ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ބ. ހިތާދޫގައި އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ ވަގުތާ ދިމާވާ ގޮތަށް ސްކޫލްތަކުން އަންނަނީ ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް ރާވަމުންނެވެ. އެއީ ވަރަށް ހެއްވާ ކަމެއް ކަމަށާއި "މަދުރަސާއެއްގެ ނާޒިރަކު ހީލަތްތެރިކަމާ އެކު އެފަދަ ކަމެއް ކޮށްފިއްޔާ" ވަޒީފާއިން ވަކިކުރަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާވު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ވަކި ބޭފުޅަކު ވަޑައިގަންނަވާ ގަޑިއަކާ ދިމާވާ ގޮތަށް ބައްދަލުވުންތައް ރާވަން ސަރުކާރުން އެއްވެސް ސްކޫލަކަށް އިރުޝާދު ދީފައި ނުވާނެ ކަަމަށެވެ. އެހެން ނަމަވެސް އާ ޓާމެއް ފަށާ އިރު ސްކޫލްތަކުން  ބާއްވާ ބައްދަލުވުންތައް ގިނަވެދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

" ހަމަ ގައިމު ވެސް ސަރުކާރުގެ ފަރާތުން އެކަހަލަ އިންސްޓްރަކްޝަނެއް އެއްވެސް ސްކޫލަކަށް ، އެއްވެސް ސަރުކާރުގެ އިދާރާއަކަށް ދީފައެއް ނޯންނާނެ. ސްކޫލްތަކަކީ އަޅުގަނޑުމެން އަބަދުވެސް މި ދަންނަވާ ވާހަކައަކީ، ސިޔާސީ ކަންކަމުން އެއްކިބާވެ އޮންނަ ތަންތަނޭ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ރަށެއްގައި ވެސް ސްކޫލް ބައްދަލުވުމެއް އޮވެދާނެ ކަމަށެވެ. ވަކި ބޭފުޅަކު ވަޑައިގަންނަވާތީ ސްކޫލެއްގެ ބައްދަލުވުމެއް މަޑުޖައްސައިލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ