logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ޝަކީރާގެ މަލާމާތުގެ ލަވައެއް ކުރީގެ ފިރިމީހާ ޖަރާޑް ޕީކޭ އަށް

ކޮލަމްބިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ އާއި ބާސެލޯނާ އަދި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖަރާޑް ޕީކޭ ގެ ކައިވެނި ނިމުމަކަށް ގެނައިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. މަޝްހޫރު މިފަދަ މީހުންގެ ޒަވާޖީ ހަޔާތަކީ އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ލިބޭ ކަމަށްވުމާ އެކު ދެމީހުންގެ ޒަވާޖީ ހަޔާން ނިމުކަކަށް ގެނައުމުން އެވާހަކަ ދުނިޔޭގެ މީޑިއާގައިވެސް ވަނީ ފާހަގަ ކުރެވިފައެވެ.

މިދެ ފަންނާނުން ވަރިވުމަށްފަހު ޝަކީރާ ގެނެސްދިން އޭނާގެ އެންމެ ފަހުގެ ލަވައިގައި ވަނީ ކުރީގެ ފިރިމީހާ އަށް ވައްބަހުން ޖަހައި ނުސީދާކޮށް ވަރަށް ބޮޑަށް މަލާމަތް ކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ލަވައިގެ ބައެއްގައި ވަނީ "ކަސްރަތު ކުރިޔަސް ސިކުންޑި މަސައްކަތް ނުކުރާކަމަށާއި، އާދައިގެ ކާރަކަށް ފެރާރީއެއް ދޫކޮށްލިކަމަށާއި އަދި އާދައިގެ ކެސިއޯ ގަޑިއަކަށް ރެލެކްސް އެއް ދޫކޮށްލި ކަމަޑެވެ."

 

ޝަކީރާ އާއި ޕީކޭ ލޯބީގެ ގޮތުން ގުޅިފައިވަނީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕް ގެ ޕްރޮމޯޝަނަލް ލަވައެއް ޝޫޓް ކުރުމުގެ ތެރެއިންނެވެ. ޝަކީރާ އާއި ޕީކޭ ވަރިވި އިރު އެދެމީހުންގެ ދެ ފިރިހެން ކުދިންވެސް ތިބެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *