logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހއ. އިހަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކަަމަށެވެ. އެ މަސައްކަތް ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން (މިއަދުން ފެށިގެން) 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިހަވަންދޫގައި އަޅާ ހޮސްޕިޓަލުގެ އަގު، ފައިނޭންސިންނަށް ދާ ހަރަދާ އެކު ޖުމްލަ 123.3 މިލިޔަނަށް އަރަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއްގެ އިތުރުން އެކޮމޮޑޭޝަން ބިލްޑިންގަކާއި ސާވިސް ބިލްޑިންގެއް ވެސް އަޅާނެ އެވެ.

އަތޮޅުތަކުގައި ސިއްހީ ހިދުމަތް ރަނގަޅުކުރަން ސަރުކާރުން އަންްނަނީ ގިނަ ރަށްތަކެއްގައި އަލަށް ހޮސްޕިޓަލްތައް އަޅަން މަސައްކަތްކުރަމުންނެވެ. އެ ސިޔާސަތުގެ ދަށުން ހއ. އަތޮޅުގައި އަޅާ ދެވަނަ ހޮސްޕިޓަލެއް، އެެއަތޮޅު ހޯރަފުށީގައި އަޅަން ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ހޮސްޕިޓަލް އަޅާނެ ފަރާތެއް ހޯދަން މިހާރު އޮތީ އިއުލާނުކޮށްފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޙޯރަފުށީގަ ހޮސްޕިޓަލެއް އިހަވަންދޫގަ ހޮސްޕިޓަލެއް ގޮވާލީމަ އޑުއިވޭ ހިސާބުގަ ދެހޮސްޕިޓާ ކަންކަމުގަ ރޭވުންތެެިކަން ނެތުމުން ކޮލިޓއިއެއް ނެތި ކުއަާންޓިޓީ އޮތީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *