ވެމްކޯގެ މުވައްޒިފަކު ކުނިނަގަން ގެއަކަށް ވަދެ އެގެއަށް ބޮޑުކަމު ގޮސްވައިވާ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި އާންމުވުމުން ވެމްކޯއިން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެރޭ މީހަކު އާންމު ކޮށްފައިވަނީ ދެ ވީޑިއޯ އަކާއި ފޮޓޯއެކެވެ. ފުރަތަމަ ވީޑިއޯއިން ފެންނަނީ ވެމްކޯގެ މުވައްޒިފަކު ގެއެއްގެ ލިފްޓު ކައިރީގައި ހުރުމަށް ފަހު އެގޭގެ ސިޑި ފުރަގަހަށް ގޮސް ކުދައިރުކޮޅެއްފަހުން ނުކުންނަ މަންޒަރެވެ. އަދި އެމީހާ ލިފްޓްކައިރިއަށް އެނބުރި ދިއުމަށް ފަހު އޭނާގެ ބެލްޓު ރަނގަޅު ކޮށްލާ މަންޒަރު ފެނެއެވެ. ދެވަނަ ވީޑިއޯއިން ފެންނަނީ ސިޑި ކައިރީގައި ބޮޑުކަމު ގޮސްފައިވާ މަންޒަރެވެ.
📢Announcement pic.twitter.com/6ZaypLlWg8
— Waste Management Corporation Limited (WAMCO) (@WAMCOmv) January 23, 2023
ވެމްކޯއިން މިއަދު ނެރުނު އެބަޔާނުގައި ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ވީޑިއޯއިން ފެންނަ މުވައްޒަފު މިހާރު ސަސްޕެންޑް ކޮށްފައައިވާ ކަމަށެވެ. އެ ފަދަ އަމަލުތަކަކީ ވެމްކޯއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ އަމަލުތަކެއް ނޫންކަމަށާއި އެފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް އެކުންފުނިން ކުރިއަށް އޮތްތަނުގައި ކުރާނެކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.