logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމަށް ނުކުމެ އުޅުނު "އަސުރުމާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 54 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މ.މުލަކު ބޮއި ކައިރިން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 15:20 ހާއިރުއެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114″، އެ ދޯނި އޮތް ސަރަހައްދަށް ގޮސް،  އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "ހާބަރ ކްރާފްޓް 114″ ގައި އަނިޔާ ލިބުނު މީހާ ވަނީ މިއަދު 16:15 ހާއިރު މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *