logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އަމީނީ މަގުގައި ހިމެނޭ ބައެއް ގޭބިސީތަކުން މިރޭ ފެންކަނޑާލަނީ

އަމީނީ މަގުގައި ހިމެނޭ ބައެއް ގޭބީސީތަކުން މިރޭ ފެންކަނޑާލާނެ ކަމަށް މާލޭ ވޯޓާ އެންޑު ސުވަރޭޖް ކޮންޕެނީ (އެމް.ޑަބްލިއު.އެސް.އީ)އިން ބުނެފިއެވެ.

އެމް.ޑަބްލިއު.އެސް.އީ މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ މިހާރު މާލޭގައި ކުރިއަށްދާ އަމީނީމަގު ތަރަށްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެމަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތަށް މިރޭ 11އިން ފެށިގެން ފަތިހު 5 ހަމައަށް ފެނުގެ ހިދުމަތް ކަނޑާލެވޭނެ ކަމަށެވެ.

އެގޮތުން ފެނުގެ ހިދުމަތް ކަނޑާލުމަށް މިރޭ ހަމަޖެހިފައިވަނީ ކަށިމާ ހިނގުމާއި ދޮންއަދަރާދާ ހިނގުމާއި ދެމެދުން އަނީމީ މަގުގައި ހިމެނޭ ގޭބީސީތަކުންކަމަށް އެކުންފުނިން ބުނެއެވެ.

އަަމީނީމަގު ތާރުއެޅުމުގެ މަސައްކަތް އަންނަ މާރޗު މަހު ހެށުމަށް ހަމަޖެހިފައިވާކަމަށް އެމަސައްކަތް ވަހާލުކޮށްފައިވާ ކުންފުނި ކަމަށްވާ އާރުޑީސީން ބުނެފައިވެއެވެ. މިމަސައްކަތުގެ ދެވަނަ ސެގްމަންޓު ފެށިގެން ކުރިއަށް ދާއިރު، އަމީނީމަގުގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމެންޓަށް ބަހާލެވިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ