logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފުލެޓަށް ފައިސާ ނުދެއްކިވާ ފަރާތްތަކަށް ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދީފި

"ގެދޮރުވެރިކުރުން ޕްރޮގުރާމު"ގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން އެކިއެކި ހާލަތްތައް މެދުވެރިވެގެން ފައިސާ ނުދެއްކިފައި ތިބި ފަރާތްތަކަށް ޕޭމަންޓް ރީޝެޑިއުލް ކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ "ގެދޮރުވެރިކުރުން" ޕްރޮގުރާމުގެ ދަށުން ލިބިފައިވާ ފުލެޓުތަކަށް އެކިއެކި ސަބަބުތަކާ ހުރެ ފައިސާނުދެއްކިވާ ފަރާތްތަކަށް ޕޭމަންޑް ރީޝެޑިއުލް ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދޭން ނިންމާފައިވާ ކަަމަށެވެ.

އެގޮތުން ގެދޮރުވެރިކުރުން ޕްރޮގުރާމުގެ ދަށުން ލިބިފައިވާ ފުލެޓުތަކަށް ފައިސާނުދެއްކިވާ ފަރާތްތަކަށް އަރާފައިވާ އައުޓްސްޓޭންޑިން އާއިއެކު ޕޭމެންޓް ރީޝެޑިއުލް ކުރުމަށް މިމަހުގެ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އެކަން ހުށައެޅުމަށް އެމިނިސްޓްރީން އެދެއެވެ.

ސަރުކާރުތަކުން ހިންގި އެކިއެކި ހައުސިން މަޝްރޫއުތަކުގައި އެޅި ގިނަ އަދަދެއްގެ ފްލެޓް ލިބުނު ފަރާތްތަކުން އެތަންތަނުގެ އަގު ދައްކަން ހަމަޖައްސައިދީފައި ވަނީ މަހަކު ވަކި ވަރެއް ދައްކައި، ދިގު މުއްދަތަކުން އަގު ހަމަކުރާ ގޮތަށެވެ. އެގޮތުން އެންމެ ކުރިން ދޫކުރި ތަންތަނުގެ އަގު ކަނޑައަޅާފައި ވަނީ ނިސްބަތުން ކުޑަކޮށެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ގަވައިދުން ނުދައްްކާ ގިނަ ފަރާތްތަކެއް އެބަ ތިއްބެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *