logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން ---ފޮޓޯ:- ސޯޝަލް މީޑިއާ

ކަލާފާން ސުކޫލާއި ގުރައިދޫ ސްކޫލު މެޗުގައި ހިނގި ފަދަ ކަމެއް ތަކުރާރު ވިޔަނުދޭން އެޑިއުކޭޝަނުން އިލްތިމާސްކޮށްފި

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގައި މެޗުބަލަން ތިބި ބަޔަކު ދަނޑަށް އަރައި ހަމަނުޖެހުން ހިންގާފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ބެލެނިވެރިންނަށް އިލްތިމާސްކޮށްފި އެވެ.

އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަނޑަށް އަރާ ރެފްރީއަށް ހަމަލާ ދިނުމަކީ ދަރިވަރުންގެ ކުރިމަތީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ކުޅިވަރުގެ ރޫހާ ހިލާފް ކަމެއްކަމަށެވެ.

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް މެޗުގައި  ކަލާފާނު ސްކޫލާއި ކ. ގުރައިދޫ ސްކޫލް ކުޅެ، ކަލާފާނު  2-1 އިން މޮޅުވިއެވެ. އެ މެޗު ނިމުމުން ގުރައިދޫގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދީ ހަމަނުޖެހުން ހިންގި މަންޒަރު ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވެއެވެ. މި ވިޮޑިއޯ އިން ފެންނަނީ ސްކޫލު އުމުރުގެ ދަރިވަރުން ވެސް ހަމަނުޖެހުމުގައި ބައިވެރިވި މަންޒަރެވެ.

 

ސްކޫލް ކުދިންގެ މުބާރާތެއްގައި އެފަދަ ކަމެއް ހިނގުމުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެފަދަ މަންޒަރުތައް ބެލެނިވެރިންނާއި ސަޕޯޓަރުން ވެސް ދަރިވަރުން ކުރިމަތީގައި ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަމުގައެވެ.

މިނިސްޓްރީ އިން ބުނީ މިފަދަ މުބާރާއް ތަކަކީ ކުޅިވަރުގެ ހުނަރު އިތުރުކުރުމުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖުތިމާއި އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތް ތަކަކަށް ވާތީ މުބާރާތުގެ އެކި ހައިސިއްޔަތު ތަކުން ބައިވެރިވާ އެންމެންވެސް ރީތި ނަމޫނާ ދެއްކުމަށް އެދޭކަމުގައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިފަދަމަންޒަރު ތައްފެންނަނީ އެފްއޭއެމް ގެ ދޯހަޅިކަމުން މުޅިއިދާރާ އޮތީ ކުރޮފްޓުވެފަ ރާއްޖޭގެ ފުޓްބޯޅަ ދުވަހަކަށްވުރެދުވަހެއް ދަނީ ދަށަތް މުޅިއިދާރާ ދަރާފަ

  2. މިފަދަމަންޒަރު ތައްފެންނަނީ އެފްއޭއެމް ގެ ދޯހަޅިކަމުން މުޅިއިދާރާ އޮތީ ކުރޮފްޓުވެފަ ރާއްޖޭގެ ފުޓްބޯޅަ ދުވަހަކަށްވުރެދުވަހެއް ދަނީ ދަށަތް މުޅިއިދާރާ ދަރާފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *