logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ދަނޑުވެރިކަން ކުރަން އިސްދޫން އެގްރޯނެޓަށް އެއް ލައްކަަ އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފި

ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓް ކޯޕަރޭޝަނުން "ކޮމިއުނިޓީ ފާމިން" ގެ ނަމުގައި ދަނޑުވެރި ކަމުގެ ޕްރޮޖެކްޓެއް ހިންގަން އެއްލައްކަ އަކަފޫޓުގެ ބޮޑު ބިމެއް ލ. އިސްދޫއިން ކުއްޔަށް ހިފައިފި އެވެ.

 ރާއްޖޭގެ ބިން ބޮޑެތި ރަށްތަކުގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ފާމިން ޕްރޮގްރާމަކީ އެގްރޯނެޓުގެ މުޅިން އާ ކޮންސެޕްޓެއް ކަމަށް އެކުންފުނިން ބުނެއެވެ.

ލ.އިސްދޫން ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި އެގްރޯނެޓްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދުއެވެ. އަދި އިސްދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލެވެ.

 

އިސްދޫން ކުއްޔަށް ހިފި ބިން ސިނާއީ ފެންވަރަށް ދަނޑުވެރިކަން ކުރެވޭ ގޮތަށް ތަރައްގީ ކުރާނީ އެގްރޯ ނެޓުގެ ހަރަދުގައެވެ. އެގްރޯނެޓުން ކުރިން ބުނެފައިވާ ގޮތުގައި އިސްދޫން ކުއްޔަށް ހިފި ބިން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ސާފުކޮށް ދަނޑު ހައްދައް ފަށާނެއެވެ.

އެގްރޯނެޓްގެ ކޮމިއުނިޓީ ފާމިން ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އިތުރު ރަށްތަކަކީ ނ. މާފަރާއި، ނ. ލަންދޫ އާއި ކ. ކާށިދޫ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *