logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

އޮތްގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ސޯލިހު އެރުން: އަހުމަދު ތާރިގް

ކުރިއަތް އޮތް ރިޔާސީ އިންތިހާބު މިހާރު ސަރުކާރު ހިންގާ ކޯލިޝަނަށް ކާމިޔާބުކުރެވެން އޮތް ގޮތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްް އިބްރާހިމްގެ ފަހަތަށް ރައީސް ސޯލިހު އެރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި މެމްބަރު ތޯރިޤް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަކީ ރައީސް ސޯލިހަށްވުރެ ސީނިއަރ ޕޮލިޓީޝަން ކަމަށެވެ. އަދި ޤާސިމް އިބްރާހިމަކީ 1985 ވަނަ އަހަރުންފެށިގެން އިސްލާހީ މަސައްކަތުގައި ދެމިހުރި ފަރާތެއްކަމަށް ޓޮމްގެ ޓްވީޓްގައިވެއެވެ

"ހާލަތްތަކެއް މެދުވެރި، ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެފަހަރަކު ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެކަމެއްނޫނެވެ. އޮތްގޮތަކީ ޤާސިމްގެ ފަހަތަށް ރައީސް ސޯލިހުއެރުމެވެ. ނޫނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޤާސިމް ފަހަތަށް އެރުމެވެ. ރައީސް ނަޝީދުގެ ތާއީދު ޤާސިމްއަށް ލިބިއްޖެނަމަ ރައީސް ސޯލިހު ދެވަނަ ބުރަށް ދަތުރުކުރާނެކަމަށް ނުބެލެވެއެވެ." ޓޮމްގެ ޓްވީޓްގައިވެއެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަހިބަދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ކުރިމަތިލާފައި ވަނިކޮށް ޤާސިމް އިމްރާހިމް ތާއީދު ކުރީ ޓޮމް އަށެވެ. މަހިބަދޫ ދާއިރާގެ ގޮނޑި ޓޮމް ކާމިޔާބުކުރެއްވީ ޤާސިމްގެ ތާއީދާ އެކުގައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *