logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޖުމްހޫރީ ޕާޓީއާ މި ގުޅުނީ ޤައުމަށް ޚިދުމަތްކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމަށްވާތީ: ފިރާޤް

ޖުމްހޫރީ ޕާޓީއާ މި ގުޅުނީ ޤައުމަށް ޚިދުމަތްކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމަށްވާތީ ކަމަށް އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ފިރާޤް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާގުޅުނީ ގައުމަށް ޙިދުމަތެެއް ކުރެވިދާނެކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި މިއަދުގެ ހާލަތަށް ބަލާއިރު މިއީ އެންމެ ފުރިހަމަ ނިންމުން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ފިރާޤް ޖޭޕީއާ މި ގުޅުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެޕާޓީން ގޮތެއް ނިންމަން ކައިވެފަ ވަނިކޮށެވެ. މިމަހުގެ 23 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ކޮންގްރެސްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނެ ކަމަށް ބެލެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ