logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިދިޔަ މަހު ކަނޑުމަތިން ފެނުނު ހަށިގަނޑު ވަޅުލައިފި

މިދިޔަ ޖެނުއަރީ ދޭއް ގައި ވ. ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑު ޑީއެންއޭ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފިއެވެ.

އެއީކާކުކަން ދެނެގަންނަން ޑީއެންއޭ އެނަލިސިސް ހެދުމަށް ސާމްޕަލް ނެގި ނަމަވެސް، ޑީއެންއޭ ނަތީޖާ އާ ބެހޭގޮތުން ވެސް އަދި އެމީހާއާ ބެހޭގޮތުން ވެސް އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ނުކުރެއެވެ.

އެހަށިގަނޑު ކަނޑުމަތިން ފެނިފައި ވަނީ، ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހުން ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ.

އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިފައި ވާއިރު ދެވަަނަ މީހާ ފުލުހުން ވަނީ މަރެއްގެ ތުހުމަތަށް ހައްޔަރުކޮށްފައެވެ. އެ މީހުން ދަތުރު ކުރި ބޯޓު ފެނުނު އިރު ގެއްްލުނު، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން، 35، ނުފެނެއެވެ. 

ކަނޑުމަތިން ފެނުނު ހަށިގަނޑަކީ އެމީހާ ކަމަށް ބައެއް ފަރާތްތަކުން ޝައްކުކުރި ނަމަވެސް ފުލުހުން އެފަދަ މައުލޫމާތެއް ނުދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *