logo minivan

English

އަންގާރަ, 16 ޖުލައި 2024

ޖޭޕީ ގޮފިތަކުގެ އިންތިހާބު މިމަހުގެ 15ގެ ކުރިން ބާއްވަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ގޮފިތަކުގެ އެތެރޭގައި، ގައުމީ ކޮންފަރެންސްގެ ކުރިން ބާއްވަން ޖެހޭ އިންތިހާބުތައް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބާއްވަން އެޕާޓީން ގޮފިތަކަށް އަންގައިފި އެވެ.

ޖޭޕީން ރޭ ކުރި އިއުލާނެއްގައި ބުނީ އެޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ބައިވެރިވެ ވާން، ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގެ ރަށްތަށުގައި ހެދިފައިވާ އެޕާޓީގެ ގޮފިތަކުގެ ތެރެއިން، އެތެރޭގެ އިންތިހާބު މިހާތަނަށް ބޭއްވެވިފައި ނުވާ އެންމެހާ ގޮފިތަކުން މިމަހުގެ 15 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕާޓީގެ އިލެކްޝަން ކޮމިޓީގެ ލަފާގެ މަތިން އިންތިހާބު ބާއްވާ އެކަން ޕާޓީއަށް އަންގަން އެދޭ ކަމަށެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ އިތުރުމައުލޫމާތު ހޯދަން ބޭނުންނަމަ ރަސްމީ ބަންދުނޫން ކޮށްމެދުވަހެއްގެ ހެންދުނު 9:00 އިން ހަވީރު 5:00 އަށް އެޕާޓީގެ އޮފީހައް ގުޅުމުން އެމައުލޫމާތު ލިބޭނެ ކަމަށް އެއިއުލާނުގައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނީ އެޕާޓީން ކުރިން ބުނެފައިވާ ގޮތުގައި މިމަހުގެ 24 އިން 26 އަށެވެ. އެގޮތަށް ނިންމީ މިދިޔަ ހަފުތާގައި ބޭއްވ އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *