logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

އަންހެނުންގެ ޕްރެކްޓިސް ޕާލިމަންޓް 2023 ހުޅުވައިފި

ކޮންމެ އަހަރަކުވެސް ބާއްވާ ޕްރެކްޓިސް ޕާލްމެންޓް ފޯރ ވިމެންގެ މިއަހަރުގެ ފުރަތަމަ ބެޗު މިއަދު ހުޅުވައިފިއެވެ.

ކޮންމެ އަހަރަކު ބާއްވާ މި ފޯރަމް އަކީ އަންހެނުން ޑިމޮކްރެޓިކް މަރުހަލާތަކުގައި އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

25 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިގެންދިޔަ މި ހަރަކާތުގައި ރާއްޖޭ އެކިކަންކޮޅުތަކުން 39 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިއްވަރުދީ ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމުގެ ގޮތުން އޮސްޓްރޭލިއާގެ ޑިޕާޓުމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް އަދި ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ޕްރެކްޓްސް ޕާލަމެންޓް ފޯރ ވިމެން ހަރަކާތް މަޖިލީހުން މިދިޔަ ދެ އަހަރު ވެސް ކުރިއަށް ގެންގޮސްފައި އެވެ. އެހަރަކާތުގައި މިދިޔަ ދެ އަހަރު 116 އަންހެނުންނާއި ހާއްސައެހީއަށް ބޭނުންވާ 21 ފަރާތަކުން ބައިވެރިވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *