logo minivan

English

އަންގާރަ, 23 ޖުލައި 2024
ކިންގް ސަލްމާން މިސްކިތް. ފޮޓޯ:މުހައްމަދު އާދަމް/މިނިވަން

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީން އަދިވެސް ތާރީހެއް ނުދޭ: މިނިސްޓަރު

ސައުދީ އަރަބިއްޔާއިން މާލޭގައި އަޅައިދިން، ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވެފައި ވަނީ އެ މިސްކިތް ހުޅުވާނެ ތާރީހެއް ސައުދީ ސަރުކާރުން ކަނޑަނާޅާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުމާ ބެހޭ މަޝްވަރާތައް، ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރިން، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރި ކަމަށާއި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވެސް ރާއްޖެއަށް ވަޑައިގެން އެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މިސްކިތް ހުޅުވާނެ ދުވަހެއް ކަނޑައަޅާފައި ރާއްޖެއަށް އަންގާނެ ކަަމަށް ސައުދީ ސަރުކާރުން އޭރު ބުނި ކަމަށެވެ.

"ދެން އޭގެ ފަހުން ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން ، އެކަމަކު އަދި އެއްވެސް ޑޭޓެއް ނުވެއް ލިބޭ. ކޮން އިރަކު ކަމެއް ހުޅުވޭނީ. އެއީ އަޅުގަނޑުމެންނަށް މިހާ ހިސާބަށް ލިބިފައި އޮތް މައުލޫމާތަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އެޅި ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގައި މިހައިތަނަށް އެޅި އެންމެ ބޮޑު މިސްކިތެވެ. އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ އެ މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް މިސްކިތުގެ ބޭނުންކުރަން ފެށިތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވާތީ އެ މިސްކިތުގެ ނަންބޯޑު ހުންނަނީ ސަތަރި އަޅައި ނިވާކޮށްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *