logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 3:00 ޖަހާކަން ހާއިރު މާލެ ހެންވޭރު އަޝްރަފީ މަގުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ފުލުހުން ރިފޯޓް ކުރި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މާރާމާރީގެ މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވުމަށް ފަހު މިހާރު ދަނީ އެފަދަ މައްސަލަތައް އަނެއްކާވެސް އިތުރުވަމުންނެވެ. މި އަަހަރު ފެށުނު ފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މީހުންނަަށް ވަޅިން ހަމަލާ ދިނުމުގެ ދެތިން ހާދިސާއެއް މާލެ ސަރަހައްދުގައި ވަނީ ހިނގައިފަ އެވެ. މާރާމާރީއާއި ގޭންގް ކުއްތައް ހުއްޓުވަން ކުރިއަށް ވުރެ ބޮޑަށް ފުލުހުން މަސައްކަތް ކުރާ ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދިފަހުން ވިދާޅުވި އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *