logo minivan

English

އަންގާރަ, 16 ޖުލައި 2024

" ގްރީން ޕާޓީ" ގެ ނަމުގަ ޖާބިރު އާ ޕާޓިއެއް އުފައްދަވަނީ

"ގްރީން ޕާޓީ އޮފް މޯލްޑިވްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަނުން ހުއްދަ ދީފިއެވެ.

ޖާބިރު މިއަދު " މިނިވަން" އަށް ވިދާޅުވީ، ޕާޓީ ހެދުމަށް އިލެކްޝަނުން ހުއްދަދިނީ މިއަދުކަަމަށެވެ. ގްރީން ޕާޓީގެ ނަމުގައި ޕާޓީއެއް ހަދަން ހުއްދަ ދީފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް މިއަދު ވަނީ ހާމަކޮށްފަ އެވެ.

ޖާބިރު ވިދާޅުވީ ގްރީން ޕާޓީ ވާނީ، އެޕާޓީގެ ނަމާ އެއްގޮތަށް، "ވަރަށް ފެހި" ޕާޓީއަކަށް ކަަމަށެވެ.

 

" މިނަމަކީ ދުނިޔޭގެ އެހެންތަންތާ ވެސް ސިޔާސީ ޕާޓީގެ ނަމެއްގެ ގޮތުގަ ބޭނުންކުރާ ނަމެއް، ހުރިހާ ކަމެއް ވެސް ވަރަށް ފެހި ވާނެ މިޕާޓިގަ " ޖާބިރު ވިދާޅުވިއެވެ.

އެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް އަދި މީހުން ހަމަ ނުވިޔަސް އޭނާ ވިދާޅުވި ގޮތުގައި އެޕާޓީ އުފައްދަން ގިނަ ބައެއްގެ ތާއީދު އެބަ އޮތެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ވުމާއި އެކު ޖާބިރު ފުރަތަމަ މަސައްކަތް ކުރެއްވީ، އަޅައިލާނެ މީހަކު ނެތި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ އަލުން ދިރުވޭތޯ އެވެ. އެހެން ނަމަވެސް އެޕާޓީގެ މެމްބަރުންގެ އަދަދު މަދުވެ، ޕާޓީ ނުދެމެހެއްޓޭ ވަރަށް މެމްބަރުން މަދުވުމުން، އޭނާ ވަނީ އެޕާޓީ ދޫކޮށްލައްވައިފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *