logo minivan

English

ހޯމަ, 30 ޑިސެމްބަރ 2024

ރިޝްފާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި

ފިލްމީ ތަރި އާމިނަތު ރިޝްފާގެ ފޯނެއް، ފުލުހުންގެ ތަހުގީގަކަށް ހިފެހެއްޓުމަށް ފަހު އެ ފޯނުގައި ހުރި ޒާތީ ފޮޓޯތަކެއް ލީކްކޮށްލާފައިވާ ކަމަށް އޭނާ ކުރި ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް. ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ޚިދުމަތަށް އޮވޭ. ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ރިޝްފާ ޖެހި ޕޯސްޓެއްގައި ބުނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނަށް ދިނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި އަދި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ފުލުހުންގެ ތިން އޮފިސަރެއްގެ އަތުގައި އޭނާގެ ފޯނުގެ ޕާސްވޯޑު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *