logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދަނީ މަރުވަމުން ފޮޓޯ: ރޮއިޓާސް

ތުރުކީ-ސީރިޔާ ބިންހެލުން: މަރުވި މީހުންގެ އަދަދު 44،000 އަށް

މި މަހުގެ ހަވަނަ ދުވަހު ސީރޔާ އަށާއި ތުރުކީއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 44،000 އަރައިފިއެވެ.

ސީރިއާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 5،800 އަށް އަރާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މި އަދަދު އިތުރުވެފައެއް ނުވެއެވެ.

ތުރުކީގެ ރިލީފް އެޖެންސީ އޭއެފްއޭޑީން ބުނީ، އެ ގައުމުގެ ދެކުނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 38،044 އަށް އަރާފައިވާ އިރު ޒަހަމްވި މީހުންގެ އަދަދު 108،068 އަށް އަރާފައިވާ ކަމަށެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިޔާގެ އުތުރުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، ފުރަތަމަ ބިންހެލުމަކީ 7.7 މެގްނިޓިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. ދެވަނަ ބިންހެލުމަކީ 7.6 މެގްނިޓިޓިއުޑްގެ ބިންހެލުމެވެ.

ބިންހެލުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ބައިނަލްއަގްވާމީ އެހީދޭ އެޖެންސީތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހާލުގައި ޖެހުނު މީހުން ނިދަމުން ދަނީ ޓެންޓުތަކާއި މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން ކާރުތަކުގައެވެ.

ތުރުކީ އާއި ސީރިއާގެ ފިނި މޫސުމުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައެވެ. ތުރުކީއަށް އެހީވާން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ފައިސާ ދިނުމަށް އދ. އިން ވަނީ އިލްތިމާސްކޮށްފައެވެ. އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ ސަލާމަތްވި މީހުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ބޭނުންވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *