logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މިނިސްޓަރު ޝާހިދުގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ޔާމީންގެ ސަރުކާރަށް

ފޮރިން މިނިސްޓަރު ޝާހިދުގެ ހޫނު ބަހުގެ ހަމަލާތަކެއް ނިމިދިޔަ ވެރިކަމަށް އަމާޒުކުރައްވައިފިއެވެ،

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރެއްވުމަށް އަލިމަސް ކާމިވަލްގައި މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ގެއްލުނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނީ ރައީސް ސޯލިހު ކަމަށެވެ. ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމަކީ އަނިޔާވެރި ޖައްބާރު ވެެރިކަމެއް ކަމުގައެވެ. މީގެއިތުރުން ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރަށް ޝާހިދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އަތް ދަށަށް ރައްޔިތުންގެ މަޖިލިސް ގެންދިޔަ ހަނދާން ކުރަންޖެހޭކަމަށެވެ. އަދި އެއީ އަނިޔާވެރިކަންކަމަށާއި އެއީ ދައުލަތް ހަރާބުކޮށްލުންކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ 70 ޕަސެންޓް ރަށުގައި ސާފު ބޯފެން ނެތް ކަމަަށެވެ. ނަމަވެސް މި ވެރިކަން ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުން ބޯނީ އަދި ފެންވަރާނީ ސާފު ބޯފެނުން ކަމަށް ޝާހިދު ވިދާޅިއެވެ.

މިޖަލްސާގައި ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ގެންދަނީ ބައިވެރިވަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިހާރު ދެން ތިޔަކަން ހުއްޓާލަން ވެއްޖެއެއްނު އަދިވެސް ހަމަ ޔާމީނު ވިއްކައިގެން ނޫނީ ނޭވާވެސް ނުލެވޭދޯ ޣައްދާރު ކަލޭގެ. މިކަލޭގެމީ ޔާމީނު ވެރިކަމުން ބާލަން އިންޑިއާ ސިފައިން މިރާއްޖެއަށް އެރުމަށް ގޮވިމީހާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *