logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ޚިޔާލުތަފާތުވުން ހުއްޓަސް މިއީ އެމްޑީޕީ އެއްބައިވާންވީ ވަގުތު: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީން ދައްކައިދިނީ " އެއްބަސްވުމަށް ޓަކައި ދެބަސްވާ ގޮތުގެ މިސާލެއް" ކަމަށާއި ހިޔާލުތަފާތުވުން ހުއްޓަސް މިއީ އެ ޕާޓީ އެއްބައިވާންވީ ވަގުތު ކަމަށް ރައީސް އިބްރާހީމް މުަހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހު އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްފައިވާތީ އެޕާޓީގެ ރިޔާސީ ޓިކެޓް އެ މަނިކުފާނާ ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރަންވީ ވަގުތު ކަމަށެވެ. ހިޔާލުތަފާތުވުން ހުއްޓަސް، އެމްޑީޕީ އެއްބައިވާންވީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޓަކަ އެވެ.

"މިއީ ހިޔާލުތަފާތުވުންތައް އެކަހެރިކޮށް، އަދި ހިޔާލުތަފާތުވުންތައް ހުއްޓަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި އަޅުގަނޑުމެން އެމެން އެއްވާންވީ ވަގުތުކަމުގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައްޔިތުންގެ މަގުސަދި ވަރަށް ސާފެވެ. އެއީ ރާއްޖެއަށް ސުލްހައާއި ހަމަޖެހުން ގެނައުން ކަމަށާއި އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުން ވެސް އެއީ މަގުސަދެއް ކަމަށް އެމަނިކުފާނުވި ވިދާޅުވި އެވެ.

"ބޭނުންވަނީ ރާއްޖެއަށް މި ގެނެވޭ ތަރައްގީއާއި އެކު ކުރިއަށް ދާން. އެ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް، އެންމެންނަށް އޭގެ ނަފާ ލިބުން،"ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކުދި ރަށްރަށުގައި އުޅޭ މީހުންނަށް ވެސް އަސާސީ ހިދުމަތްތައް ފުރިހަމަައަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި އެވެ. ސަރުކާރުން ރަށްތައް ތަރައްގީ ކުރަނީ މާލެއަށް  ވެސް ލުޔެއް ހޯދައިދޭން ކަަމށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގެ ތައުލީމާއި ސިއްހީ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *