logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ހިޓާޗީގެ އާ އުފެއްދުންތައް ތައާރަފުކޮށްދެއްވީ ރޭ މިކަމަށް ހާއްސަކޮށް ބޭއްވި ހަފުލާއެއްގައި އެސްޓީއޯގެ ގެނެރަލް މެނޭޖަރު އަހުމަދު ޝިފާން އަދި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރ ސޭލްސް، ޓަނުން ޖައިން އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗަރ ތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަ މެޝިނާއި، މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރ ހިމެނެއެވެ.

އާއުފެދުންތައް ރާއްޖެއަށް ތައާރަފު ކޮށްފައިވާއިރު އެސްޓީއޯގައި މިހާރުވެސް އަންނަނީ ރޯދަޔަށް ހާއްސަކޮށް ސޭލް އަޅުވާފައެވެ. އެގޮތުން ބޮޑެތި ޑިސްކައުންޓް ތަކާއެކު މިހާރު ހިނގަމުންދާ ޕްރޮމޯޝަން އޭޕްރިލް މަހުގެ 29 ވަނަދުވަހާ ހަމައަށް އޮންނާނެ ކަމަށް އެކުންނފުނިން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *