ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ހިތަދޫގައި މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ދީފި އެވެ.
ފުލުހުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ދިނީ އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެކޯޓުން ކަމަށެވެ.
ހިތަދޫގައި ބުރާސްފަތި ދުވަހުގެރޭ އުމުރުން 54 އަހަރުވެ މީހެއްގެ ގަޔަށް ވަޅި ހެރީ އުމުރުން 18 އަހަރުގެ މހެކެވެ. އެ ހަމަލާގައި ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވެ އެވެ. އެނގިފައިވާ ގޮތުގައި ޒަހަމްވި މީހާގެ މޭމައްޗަށާއި އަތަށް ހަމަލާދީފައިވާ އިރު، އޭނާގެ ފުއްޕާމެއަށް ލޭ އެޅިގެން އިތުރުފަރުއާއަށް މާލެ ފޮނުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިމައްސަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.