logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ކޮވިޑްގެ މައްޗަށް ޗައިނާއިން ކާމިޔާބު ހޯދާފައިވާކަމަށް އިއުލާންކޮށްފި

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގައި ޗައިނާއިން ވަރުގަދަ ކާމިޔަބީއެއް ހޯދިކަން އިއުލާނުކޮށްފިއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ޒީރޯ ސިޔާސަތުތައް ޗައިނާއިން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. އެކަމަކު އާބާދީގެ 80 ޕަސެންޓް މީހުނަށް ބަލި ޖެހިފައިވާ ކަމަށް ސަރުކާރުގެ މަޝްހޫރު ސައިންސްވެރިޔަކު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

"2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އޮޕްޓިމައިޒް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ޗައިނާއިން ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފަސޭހަކަމާ އެކު ކުރިއެރުން ހޯދިއްޖެ،" ޗައިނާގެ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީ (ޕީއެސްސީ) އިން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ބުންޏެވެ.

"ބަލިމަޑުކަމުން ރައްކާތެރިވުމާއި ކޮންޓްރޯލް ކުރުމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިއްޖެ،" ޗައިނާގެ މަސައްކަތުން 200 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭސްފަރުވާ ލިބުނު ކަމަށާއި އޭގެ ތެރޭގައި ގާތްގަނޑަކަށް އަށް ލައްކަ އެއްހާ ކޮވިޑްގެ ސީރިއަސް ކޭސްތައް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ހޮސްޕިޓަލްތަކާއި މޯޗަރީތައް ފުރިފައިވާ ކަމުގެ ރިޕޯޓްތައް ފެތުރިފައިވީ ނަމަވެސް،  ފިޔަވަޅުތައް އުވާލުމަށްފަހު ދެ މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލްތަކުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ އެންމެ 80،000 މީހުންނެވެ.

ބައެއް ތަޖުރިބާކާރުން ބުނަނީ ހަގީގީ އަދަދު މާ ބޮޑެވެ. އެއީ ގިނަ އަދަދެއްގެ ބަލި މީހުން ގޭގައި މަރުވުމުންނެވެ.

އެހެން ނަމަވެސް ހާލަތު ރަނގަޅުވަމުން އަންނައިރު، އަދިވެސް މުޅި ދުނިޔޭގައި ވައިރަސް ފެތުރެމުންދާ ކަމަށާއި އަދިވެސް މިއުޓޭޓްވަމުން އަންނަ ކަމަށް ލީޑަރުން އިންޒާރު ދެއްވި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އެ ބައްދަލުވުމުގައި ޗައިނާއިން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދޭ ރޭޓް އިތުރުކޮށް، މެޑިކަލް ސާމާނު ސަޕްލައިކޮށް އުފެއްދުން ހަރުދަނާ ކުރާނެކަން ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްސީން ވަނީ މެޑިކަލް ސާވިސް ސިސްޓަމް ހަރުދަނާކުރުމަށް ހުރިހާ އަވަށްތަކަށާއި ޑިޕާޓްމަންޓްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑުގައި މަރުވެފައިވަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައި ނުވެއެވެ. މި އިއުލާން އައިސްފައި މިވަނީ ޗައިނާގެ އަހަރީ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ހަފުތާތަކެއް ކުރިން ނާއި، ކޮވިޑްއާ ގުޅިގެން އަޅާފައިވާ ތިން އަހަރުގެ ފިޔަވަޅުތަކުގެ ސަބަބުން ހީނަރުވެފައިވާ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސިޔާސަތުތައް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޗައިނާގެ އެޕާޓްމަންޓް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވުމާ ގުޅިގެން ޗައިނާގެ 20 އަށް ވުރެ ގިނަ ސިޓީގައި މުޒާހަރާތައް ފެށުމުން ޗައިނާއަށް "ޒީރޯ-ކޮވިޑް" ސިޔާސަތު ބަދަލުކުރަން މަޖުބޫރުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *