logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ދިވެހިންނަށް ވިސާއާ ނުލާ ޗައިނާ އަށް ދެވޭ ގޮތް ހަދައިފި.

ދިވެހިންނަށް ވިސާ އަކާއި ނުލައި ޗައިނާ އަށް ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޗައިނާއަށް ދަތުރުކުރެވޭނެ ގޮތަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އެކަން އެގޮތަށް ހަމަޖެހިފައިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ މިދިޔަ އަހަރު ރާއްގެއަށް ކުރެއްވި ދަތުރުފުޅެއްގައި ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އެ އެއްބަސްވުމުގެ ސަބަބުން ވިސާއާ ނުލާ ޗައިނާގެ ރައްޔިތުންނަށް ރާއްޖެ އަށް އާދެވޭއިރު ދިވެހިންނަށް ޗައިނާ އަށް ވެސް ވިސާއާ ނުލާ ދެވޭނެ ކަމަށް އޭރު ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާގެ ބޯޑަރު ކޮވިޑް19 ގެ ސަބަބުން ބަންދު ކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ފަތުރުވެރިންނަށް ވަނީ ހުޅުވާލައިފައެވެ. އަދި ރާއްޖެ އައުން މެދުކަނޑާލާފައި އޮތް ޗައިނާގެ މަތިންދާ ބޯޓުތައް ވެސް މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެން ވަނީ ރާއްޖެ އަށް ދަތުރު ކުރަން ފަށައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *