logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އައިސިސްގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި

އައިސިސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލަފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހުކުރު ދުވަހު ބުނީ ސީރިއާގެ އިރުއުތުރުގައި އައިސިސް އިސް ލީޑަރަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގައި އެމެރިކާގެ އެމެރިކާގެ އަސްކަރިއްޔާގެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އަދި އައިސިސްގެ އިސް ލީޑަރު ހަމްޒާ އަލް ހޯމްސީ އަށް އަމާޒުކޮށް ދިން ހަމަލާގައި އޭނާ މަރާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ސެންޓްކޮމުން ބުނީ އެ ޒަހަމްވި ސިފައިންނަށް އިރާގުގައި ހުންނަ އެމެރިކާގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ ކަމަށެވެ. އޮޕަރޭޝަންގެ މައުލޫމާތު އެނގޭ އަސްކަރީ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ތިން ސިފައިންގެ ހާލު ރަނގަޅު ކަމަށެވެ.

އައިސިސްގެ އިސް ލީޑަރަކު މަރާލަފައިވާކަން އެމެރިކާއިން ހާމަކޮށްފައި މިވަނީ އައިއެސްގެ ޑިޓެންޝަން ސެންޓަރުގެ ހަމަލާތައް ރޭވުމުގައި ހަރަކާތްތެރިވާ އައިސިސްގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް އަލް ކަހްތާނީ މަރާލިކަން އިއުލާނު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެ އޮޕަރޭޝަން ހިންގިތާ ފަސް ދުވަސް ފަހުން ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި އެމެރިކާއިން ބުނީ ސީރިއާގައި އައިސިސްގެ 10،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމަހުގެ ކުރީކޮޅު އެމެރިކާގެ އަސްކަރިއްޔާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން ސިފައިންނާއި ޕާޓްނަރު ފޯސްއިން ވަނީ އިރާގާއި ސީރިއާގައި އައިސިސްއާ ދެކޮޅަށް 43 އޮޕަރޭޝަނެއް ހިންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *