logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ނަހުލާ ވާދަކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ޑެޕިޓީ ލީޑަރު ކަމަށް ޓްރާންސް ޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.

ނަހުލާ އަކީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލެކެވެ.

ޖޭޕީގެ ލީޑަރު ކަމަށް ނަހުލާގެ އިތުން ވެސް ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެނގިފައިވާ ގޮތުގައި އެމަގާމަށް ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ މަގާމަށް މިފަހަރު ހޮވާނީ ހަތަރު ބޭފުޅެވެ.

ޖޭޕީގެ ލީޑަޝިޕް އާ ދައުރަކަށް އިންތިހާބުކުރައްވާނީ  މި މަހުގެ 24، 25 ގައި ބާއްވާ އެޕާޓީގެ ކައުމީ ކޮންފަރެންސް (ކޮންގްރެސް) ގަ އެވެ.

ޖޭޕީގެ ލީޑަރު ކަމަށް، އެޕާޓީ އުފެދުނީއްސުރެ ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް މިފަހަރު ވެސް ކުރިމަތިލެއްވި އެވެ.

ޖޭޕީގެ ލީޑަޝިޕްގައި ނަހުލާ މިހާރު ހިމެނިވަޑައެއް ނުގަންނަވަ އެވެ. އެޕާޓީގެ ނައިބުލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އެޕާޓީގެ ލީޑަޝިޕްގައި ދެން ހިމެނިވަޑައިގަންނަވަނީ ލީޑަރުގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި އާދަމް އާޒިމާއި ރިޔާޒް ރަޝީދާއި އިލްހާމް އަހުމަދެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *